ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ޢީދު އުފާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާ، ސަރުކާރުގެ މުއައްސަސާތަކާ، ކުލަބް ޖަމްއިއްޔާތަކާ ގުޅިގެން  ހިންގާ ޚާއްޞަ ޕްރޮގްރާމްގައި "މަސްރޭސް 1446" ގެ ނަމުގައި މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަސްރޭސް އޮންނާނީ 2025 ޖޫން 08 ވަނަ ދުވަހުގެ 14:00 އިން ފެށިގެން އެދުވަހުގެރޭ 20:00 އަށެވެ.

           މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 މެއި 29 ވަނަ ދުވަހުގެ 13:00ގެ ކުރިން ގޫގުލް ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ފޯމް މި އިދާރާގެ ވެބްސައިޓް kudahuvadhoo.gov.mv އިން ލިބިވަޑައިގަންނަވާނެވެ.

           މަސްރޭސް ނިމުމުން މުބާރާތުގެ ވަނަތަކަށް ޢިނާމް ދެވޭނެއެވެ. މުބާރާތުގައި ހޮވާ ވަނަތަކާއި ވަނަތަކަށް ކަނޑައެޅިފައިވާ ޢިނާމް ފައިސާގެ މަޢުލޫމާތު މުބާރާތުގެ ޤަވާއިދުގައި ހިމަނާފައިވާނެއެވެ. މުބާރާތުގެ ޤަވާއިދު ގޫގުލް ފޯމާއި، ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7748000 އަށް ގުޅުއްވުން އެދެމެވެ.

21 މޭ 2025
ހޯދާ