ދިވެހިރާއްޖެ
ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާގެ އެކްސްކެވޭޓަރ ދޫކުރުމުގެ އުޞޫލު
| 
 
  | 
 
  | 
 
  | 
 
  | 
| 
 މިއީ، ޤާނޫނު ނަންބަރު 2010/7 )ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު( ގެ 22 ވަނަ މާއްދާގެ )ހކ( އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާގެ އެކްސްކަވޭޓަރ ކުއްޔަށް ދޫކުރުމާއި ބެހޭ އުޞޫލެވެ.  | 
 (ހ)  | 
 1.  | 
 ތަޢާރަފާއިނަން  | 
| 
 މި އުޞޫލުގެ މަޤްޞަދަކީ ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާގެ އެކްސްކަވޭޓަރ، ވަކި އުޞޫލެއްގެ ތެރެއިން ދޫކުރުމާއި، ފީނެގުމުގެ ކަންކަން ހަމަޖެއްސުމެވެ.  | 
 (ހ)  | 
 2.  | 
 މަޤްޞަދު  | 
| 
 އެކްސްކަވޭޓަރ ދޫކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 1 )އެކެއް( ގަޑިއިރަށެވެ. އަދި 01 ގަޑިއިރު ނިމުމުގެ ކުރިން އެމަސައްކަތެއް ނިމުނުކަމުގައިވީ ނަމަވެސް 01 ގަޑިއިރަށް ބިލް ކުރެވޭނެއެވެ. އަދި 1 ގަޑިއިރުނިމި 2 ވަނަ ގަޑިއިރު ފެށިއްޖެނަމަ، ދެވަނަ ގަޑިއިރަކަށް ބިލް ކުރެވޭނެއެވެ.  | 
 (ހ)  | 
 3.  | 
 އެކްސްކަވޭޓަރ ދޫކުރާ އަގުތަކާއި މިންގަނޑުތައް  | 
| 
 މިމާއްދާގެ (ހ) ގެ ދަށުން އެކްސްކަވޭޓަރ ދޫކުރާއިރު އޮޕަރޭޓް ކުރަންވާނީ ކައުންސިލުގެ އެކްސްކަވޭޓަރ އޮޕަރޭޓަރެވެ.  | 
 (ށ)  | 
 
  | 
 
  | 
| 
 އެކްސްކަވޭޓަރ ދޫކުރާ ފަރާތުން ފޯމުގައި ބަޔާންކޮށްފައިވާ މަސައްކަތް ފިޔަވާ އިތުރު މަސައްކަތެއް ކޮށްގެން ނުވާނެއެވެ.  | 
 (ނ)  | 
 
  | 
 
  | 
| 
 މިމާއްދާގެ (ހ) ގައި ގަޑި ލާރިއަށް އެކްސްކަވޭޓަރ ދޫކުރެވޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް ފަރާތަކުން، އެފަރާތުގެ އަމިއްލަ އޮޕަރޭޓަރެއް ހުރިނަމަ އެފަރާތަށް ދުވަހު ކުއްޔަށް އެކްސްކަވޭޓަރ ދޫކުރެވިދާނެއެވެ. އަދި މިގޮތަށް ދޫކޮށްފައިވާ ވަގުތު ކުރާ އެއްވެސް މަސައްކަތަކުން މީހެއްގެ ނުވަތަ މުއައްސަސާ / ޖަމުޢިއްޔާ ކުންފުންޏެއްގެ މުދަލަކަށް ގެއްލުންވެއްޖެނަމަ އެ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގާނީ އެކްސްކަވޭޓަރ ކުއްޔަށް ހިފާ ފަރާތުންނެވެ.  | 
 (ރ)  | 
 
  | 
 
  | 
| 
 އެކްސްކަވޭޓަރ ދޫކުރެވޭނީ އަންނަނިވި ބޭނުންތަކާއި ގަޑިތައް؛  | 
 (ބ)  | 
 
  | 
 
  | 
  | 
 
  | 
 
  | 
 
  | 
| 
 އެކްސްކަވޭޓަރ ނެގި ބޭނުން ފިޔަވަ އެހެން ބޭނުމެއް ކުރުމަކީ މަނާކަމެކެވެ.  | 
 (ހ)  | 
 4.  | 
 އެކްސްކަވޭޓަރ ބޭނުންކޮށްގެން ކުރުން މަނާ މަސައްކަތް  | 
| 
 ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނަކުން ނުވަތަ ގަވާއިދަކުން ކުރުން މަނާކޮށްފައިވާ އެއްވެސް މަސައްކަތެއް އެކްސްކަވޭޓަރ ބޭނުންކޮށްގެން ކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ މަސައްކަތެއް ކޮށްގެން ލިބޭ ގެއްލުމެއްގެ ފުރިހަމަ ޒިންމާ ނަގަންވާނީ ކުއްޔަށްހިފާ ފަރާތުންނަވެ.  | 
 (ށ)  | 
 
  | 
 
  | 
| 
 އެކްސްކަވޭޓަރ ދޫކުރެވޭ ފަރާތުން ވެހިކަލުން ކުރާ މަސައްކަތެއްގެ ސަބަބުން އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދައެއް ވާނަމަ އެހުއްދައެއް ހޯދުމަކީ އެކްސްކަވޭޓަރ ދޫކުރެވޭ ފަރާތުގެ ޒިންމާއެކެވެ.  | 
 (ހ)  | 
 5.  | 
 ހުއްދަ ހޯދުން 
  | 
| 
 މި އުޞޫލާއި ޚިލާފަށް ނުވަތަ މި އުޞޫލުގައި ކުރުން މަނާ އެއްވެސް މަސައްކަތެއް ކުރާކަން އެނގިއްޖެ ހިނދެއްގައި އެމަސައްކަތް ހުއްޓުވައި، އެކްސްކަވޭޓަރ ދޫކުރެވުނު ފަރާތަށް: ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000.00 )އެއްހާސް( ރުފިޔާއިން ޖޫރިމަނާ ކުރުން އަދި ތިންވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 3000.00 )ތިންހާސް( ރުފިޔާއިން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ތަކުރާރުކޮށްފިނަމަ 5000.00 )ފަސްހާސް (ރުފިޔާއިން ޖޫރިމަނާ ކުރުން. އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000.00 )ފަސްހާސް (ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންދެއެވެ.  | 
 (ހ)  | 
 6.  | 
 ޖޫރިމަނާ  | 
| 
 މި އުޞޫލުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ކައުންސިލްގެ އާންމު ބައްދަލުވުމަކުންނެވެ.  | 
 (ހ)  | 
 7.  | 
 އުޞޫލުގައި ނެތްކަމެއް ދިމާވުން  | 
| 
 މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް ޢާންމުކުރާ ދުވަހުން ފެށިގެންނެވެ.  | 
 (ހ)  | 
 8.  | 
 ޢަމަލުކުރަންފެށުން  | 
| 
 މި އުޞޫލަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ލިބިގެންވަނީ ކޮޅުމަޑުލު ގުރައިދޫ ކައުންސިލް ކައުންސިލް އިދާރާއަށެވެ.  | 
 (ހ)  | 
 9.  | 
 އުޞޫލަށް ބަދަލުގެނައުން  | 
