މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލުން
އިޢުލާން
ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލުން
- މިކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން، ށ. އަތޮޅުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެދާއިރާތަކުން ވަޒީފާއަށް ޝަޢުޤުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން "ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯސް" އެއް 2025 ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
- މި ކޯހުގެ ބައިވެރިންގެ ކޯސްފީ މި އިދާރާގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ. މި ކޯހަށް ބައިވެރިން ހޮވުމުގައި، އަތޮޅުގެ ކޮންމެ ރަށަކުން ފުރުޞަތު ދިނުމަށްފަހު އިތުރު ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އުމުރު އަދި ވަޒީފާގެ ހާލަތަށް ރިޢާޔަތް ކޮށެވެ. ރަށަކުން އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވުމަށް ހުށައަޅާފައިވާނަމަ އިސްކަންދޭނޭ ތަރުތީބު ކަނޑައަޅާނީ އެރަށެއްގެ ރަށު ކައުންސިލްގެ ލަފާގެ މަތިންނެވެ. އަދި ކޯސް ކުރިއަށްގެންދެވޭނީ މަދުވެގެން 20 ބައިވެރިން ކޯހުގައި ބައިވެރިވާނަމައެވެ.
- ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މެއި 2025 ގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
https://forms.office.com/r/K4aa1EZp31?origin=lprLink
4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540427
އީމެއިލް: [email protected]
21 މޭ 2025
ހޯދާ