މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އުމްރާއަށް ދިއުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުން

އުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް ރަށުގައި ހުރެގެން ވެކްސިން  ފުރިހަމަ ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

އެހެން ކަމުން، އުމްރާއަށް ދިއުމަށް ގަސްތުކުރައްވާ ފަރާތްތަކުން، ފާއިތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ޕޯލިއޯ އަދި އިންފުލުއެންޒާ ވެކްސިން، ފާއިތުވި 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި މެނިންޖައިޓިސް ވެކްސިން ޖަހާފައި ނުވާނަމަ، އެ ފަރާތްތަކުން 28 މެއި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި  މަރުކަޒަށް ވަޑައިގެން ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ ފޯނު ނަންބަރަށް (6560609) ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

ވެކްސިން ޖަހަންޖެހޭ މުއްދަތު، ވެކްސިންގެ އަގު އަދި އެހެނިހެން މައުލޫމާތު ތިރީގައިވާ ތާވަލުގައި ހިމެނިފައިވާނެއެވެ.

ވެކްސިން

ދޭންޖެހޭ މުއްދަތު

ދޭގޮތް

ޑޯޒް

އަގު

ޕޯލިއޯ ވެކްސިން

އަހަރަކު 1 ފަހަރު

އަނގަ އަށް

1 ޑޯޒް (2 ތިކި)

ޑޯޒަކަށް 30ރ

މެނިންޖައިޓިސް ވެކްސިން

5 އަހަރުން 1 ފަހަރު

މަސްގަނޑަށް

1 ޑޯޒް

ޑޯޒަކަށް 175ރ

އިންފުލުއެންޒާ ވެކްސިން

އަހަރަކު 1 ފަހަރު

މަސްގަނޑަށް

1 ޑޯޒް

ބޭސްފިހާރައިން ގަނެގެން

 

‏23‏ ذو القعدة‏ 1446

21 މޭ 2025
ހޯދާ