އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ

މިހޮސްޕިޓަލަށް ޑިރެކްޓަރގެ މަޤާމަށް ކުރެވުނު ނަންބަރު HR/IU/2015/124-ފ137 (05 އޮގަސްޓު 2015) އިޢުލާނަށް ކުރިމަތިލައްވާފައިނީ އެންމެ ފަރާތަކުން ކަމަށްވާތީ، އަލުން އެމަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް އިޢުލާންކުރަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ. އަދި މިފަދަ ފަރާތަކަށް މިހޮސްޕިޓަލުގެ ވަޒީފާއަށް މަރުޙަބާ ދަންނަވަމެވެ.

މަޤާމު

ޑިރެކްޓަރ (ކޮންޓްރެކްޓް އުސޫލުން) 

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/15،000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިޕާޓްމަންޓް/ ސެކްޝަން

ޕަބްލިކް ރިލޭޝަންސް / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު

01 އަހަރު (ޕަރފޯމަންސަށް ބެލުމަށްފަހު އަލުން އާކުރެވިދާނެއެވެ.)

މަސައްކަތުގެ ވަގުތު

ދުވާލަކު މަދުވެގެން 07 ގަޑިއިރު (ރަސްމީގަޑި)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މުވައްޒަފުންނާ ހަވާލުކޮށްފައިވާ މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލްތަކާ އެއްގޮތަށްތޯ ބަލައި މޮނިޓަރކުރެވޭނެ އިންތިޒާމެއް ކަނޑައެޅުން.
  2. މުވައްޒަފުންގެ ފަންނީ ޤާބިލުކަން ދެނެގަނެ އަދި ތަމްރީން ފޯރުކޮށްދެވޭނެ އިންތިޒާމެއް ކަނޑައެޅުން.
  3. އާއްމުންގެ ފަރާތުން ޕަބްލިކް ރިލޭޝަންސްއަށް އަންނަ މައްސަލަތައް ހައްލުކޮށް އަދި ހޮސްޕިޓަލްގައި ދިމާވާ މިފަދަ މައްސަލަތައް ދެނެގަނެ މުރާޖާކުރުން. އަދި މިފަދަ މައްސަލަތައް ތަކުރާރު ނުވެދިނުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.
  4. ޕަބްލިކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އިނޮވޭޓިއު ގޮތްތަކެއް ރާވައި އަދި އޭގެ އެންމެ ރަނގަޅު ގޮތުގައި އާންމުންނަށް މަޢުލޫމާތު ހިއްސާކުރުން.

 

ތައުލީމާއި ތަޖުރިބާ

ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސަސް ޕްލެޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހެލްތު ސާރވިސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް ރިލޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ނުވަތަ ޑިޕްލޯމާއެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސަސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ނުވަތަ ހެލްތު ސާރވިސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް ރިލޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.) 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ  ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓާއި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެވެ. ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ލިޔުމާއެކު  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓު ހުށަހަޅުއްވަން ވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަން ވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މިލިޔުމުގައި ވަޒީފާ އަދާކުރި މުއްދަތާއިކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

ސުންގަޑި

08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

އަދި 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234، 3335343 އެވެ.

26 އޮގަސްޓް 2015
ހޯދާ