އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ

އިޢުލާން

ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ

          މިރަށުގެ ތަރައްޤީ އާއި ގުޅިގެން ދޫކުރަން ހަމަޖެހިފައިވާ ބިންތަކާ ގުޅޭ ގޮތުން ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2025 މެއި 28 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ކައުންސިލް އިދާރާގެ އާދަމް ޙުސެއިން މާލަމުގައި  އޮންނާނެއެވެ.

    ވީމާ މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.

އެޖެންޑާ:

  1. މަތިވެރީ ފިނޮޅު ސިޓީހޮޓަލަކަށް ދޫކުރުމަށް ސީ.އެސް.އާރު ކަނޑައެޅުމާމެދު ގޮތެއް ނިންމުން.
  2. ރެސްޓޯރެންޓް އެޅުމަށް ދެފަށްތޮށިން ކުށްޔަށް ދޫކުރެވޭ ބިމަށް ސީ.އެސް.އާރު ކަނޑައެޅުމާއިމެދު ގޮތެއް ނިންމުން.
  3. މިހާރުގެ ކުނިކޮށި ހުރި ސަރަހައްދުގައި ސިޓީހޮޓަލަށް ދޫކުރުމަށް ސީ.އެސް.އާރު ކަނޑައެޅުމާއިމެދު ގޮތެއް ނިންމުން.
  4. ޑިވެލޮޕްމެންޓް ޕްލޭންގެ ރިވިއު މަޝްވަރާކޮށް ފާސްކުރުން.

ބައްދަލުވުން އޮންނާނެ ތަނާއި ތާރީޚް އަދި ގަޑި:

ތާރީޚް: 28 މެއި 2025

   ގަޑި: 20:30

   ތަން: އާދަމް ޙުސައިން މާލަމް

 

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

             23 ޛުލްޤަޢިދާ 1446

              21 މޭ 2025  

21 މޭ 2025
ހޯދާ