މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ މީޑިއާތައް ތަމްޘީލްކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުން

         ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބައި-އިލެކްޝަން އާ ބެހޭގޮތުން މިމިނިސްޓްރީން ކޮށްފައިވާ ނަންބަރ : (IUL)493-MR/493/2025/17(11 ފެބްރުއަރީ 2025) އިއުލާންއާއި ނަންބަރު:  (IUL)493-MR/493/2025/35  (10 މާޗް 2025) އިއުލާން އަދި ނަންބަރު  : (IUL)493-MR/493/2025/39 (13 މާޗް 2025) ގެ އިއުލާން އަށް ހަވާލާދީ ދަންނަވަމެވެ.

         މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްޘީލްކުރާ 2 މެންބަރުންގެ މަގާމާއެކު ޖުމްލަ 3 މެންބަރުންގެ މަގާމު ހުސްވެފައިވާތީ، މި 3 މަގާމަށް 3 މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް މީޑިއާ ތަކުން ކުރިމަތިލި 4 ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރައި ގެންދަވާފައެވެ. ވީމާ، މި 3 މަގާމުގެ ތެރެއިން މީޑިއާތަކުން އިންތިޚާބު ކުރަންޖެހޭ 2 މަގާމަށް 2 މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

         މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކާއި އެނޫންވެސް މައުލޫމާތު މިކަމާބެހޭގޮތުން ކުރިން މިމިނިސްޓްރީން ކޮށްފައިވާ ނަންބަރު:  (IUL)493-MR/493/2025/17  (11 ފެބްރުއަރީ 2025) އިއުލާންގައިހިމެނިފައިވާނެއެވެ. މަތީގައިވާ 3 އިއުލާނާ ގުޅިގެން މެންބަރުކަމަށް ކުރިމަތިލުމަށް އެދި ފޯމާއި ލިޔުންތައް މީގެކުރިން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެންބަރުކަމަށް އެދި ހުށަހަޅާކަށް ނުޖެހޭނެއެވެ.

         ވީމާ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ، މި ތިން މަގާމަށް ވާދަކުރަން އެދޭ ފަރާތްތަކުން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިމިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރުއްވައި، އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް:  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ހުރިހާ ލިޔުންތައްވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި "މައްސަލަ ސާފުކުރާ ފޯމު" މި އިއުލާން އާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

20 މޭ 2025
ހޯދާ