ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
(IUL)25-A4/25/2025/08:ނަންބަރު
އޮފީސް 365 ގެ ލައިސަންސް ސަބްސްކްރިޕްޝަން އައުކުރުން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގައި ބޭނުންކުރަމުންދާ އީމެއިލް ސަރވަރ ކަމުގައިވާ މައިކްރޮސޮފްޓް އޮފީސް 365 މި އަހަރުގެ 15 ޖޫން 2025 ވަނަ ދުވަހުގެ ނިޔަލަށް ހަމަވުމާއި ގުޅިގެން ލައިސެންސް އައު ކުރުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 މެއި 2025 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
މި މަސައްކަތާގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ސަބްމިޝަން ފޯރމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ އައި.ސީ.ޓީ މެއިލްއަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.
20 މެއި 2025