މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ޤުރްއާން މުބާރާތުގެ ބައިވެރިންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން
އިޢުލާން
މި ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން މި ރަށުގެ ރަށްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް ބޭއްވުމަށް ކުރެވުނު އިޢުލާން ނަންބަރ: (IUL)305/305/2025/52 (27 އޭޕްރީލް 2025) ގެ އިޢުލާނަށް އިޖާބަދީ، ގޫގުލް ފޯމް ހުށަހެޅި ފަރާތްތަކުގެ ލިސްޓް ޢާންމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ޢާންމު ކުރެވިފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ މިއަދުން ފެށިގެން 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
22 ޛުލްޤަޢިދާ 1446
20 މޭ 2025
ހޯދާ