މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުން ގާޑިޔާ ވިޔަފާރި ކުރުމަށް ވަގުތީ ބިން ކުއްޔަށް ދޫކުރުން:

އިޢުލާން

 

ރަށުގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުން ގާޑިޔާ ވިޔަފާރި ކުރުމަށް ވަގުތީ ބިން ކުއްޔަށް ދޫކުރުން:

ގާޑިޔާ ވިޔަފާރި ކުރުމައްޓަކާ ގާޑިޔާ ބެހެއްޓުމަށް ރަށުގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުން  6 މަސް ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

 ގާޑިޔާ ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 1446 ވަނަ އަހަރުގެ ޢަލްޙާ ޢީދާ ދިމާކޮށް ގާޑިޔާ ބެހެއްޓުމަށެވެ. އެގޮތުން ގާޑިޔާ ބެހެއްޓުމަށް '10×'10 (ސަތޭކަ) އަކަފޫޓުގެ 4 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިންތައް ދޫކުރެވޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް މަހަކު 00.50 (ފަންސާސް ލާރި) އެވެ. ގާޑިޔާ ބިން ކުއްޔަށް ނަގަން އެދޭ ފަރާތްތަކުގެ ތެރެއިން ޤަވާޢިދުން މިއިދާރާއަށް ކުއްޔާ ފީ ނުދައްކަވާ ފަރާތްތަކަށް މި އިޢުލާނާއި ގުޅިގެން ބިންތަކަށް އެދުމުގެ ފުރުސަތު ނުލިބޭނެއެވެ.

ވީމާ، ގާޑިޔާ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ގާޑިޔާ ބިން ކުއްޔަށް ހިފުމަށް އެދޭ ފޯމު މިއަދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       22 ޛުލްޤަޢިދާ 1446                          

20 މޭ 2025
ހޯދާ