ދިވެހިރާއްޖެ
އިޢުލާން ނަންބަރ: (IUL)CHSE-SMT/1/2025/18
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސެންޓަރުގެ 2024 ވަނައަހަރުގެ އިނާމުދިނުމުގެ ޖަލްސާގެ ކޭޓަރިންގ ކޮއްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން[email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑްމީޓިންގ 28 މެއި 2025 ވާ ބުދަ ދުވަހުގެ ހެދުނު 10:30 ގައި މިސެންޓަރުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ހެދުނު 10:30 ގައި މި ސުކޫލުގެ (ހުޅުމާލެ ސީ އެޗް އެސް އީ ، ކުރިކީލަ މަގު) ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 މެއި 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.