ދިވެހިރާއްޖެ
ނަންބަރ:(IUL)242-AS/242/2025/11
އިޢުލާން
"ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
2025 ވަނަ އަހަރު އަތޮޅުގެ 16 އަހަރުން ދަށުގެ ފިރިހެން ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް 2025 ޖުލައި 26 އަށް ތާވަލް ކުރެވިފައިވުމާއެކު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހުވަދު އަތޮޅު ދެކުނުބުރީގެ ކޮންމެ ރަށަކުން 1 (އެކެއް) ޓީމަށެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 22 ވަނަ ދުވަހުގެ 14:00ގެ ކުރިން https://forms.office.com/r/q2796p3hjs ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. އަދި ޓީމް ބައިވެރިކުރެވޭނީ އެރަށެއްގެ ކައުންސިލް/ޖަމްއިއްޔާއެއް މެދުވެރިކޮށްގެން ކަމުގައިވެސް ދެންނެވީމެވެ. އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 7474232 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.
މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް އަދި ޖަދުވަލުތައް އިއުލާނުގައި ހިމެނިފައިވާނެ ވާހަކަ ދެންނެވީމެއެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމްތަކަށް ފައިސާގެ އިނާމެއްގެ ގޮތުން ތިރީގައި މިދަންނަވާ އިނާމް ދެވޭނެއެވެ.
- ޗެމްޕިއަން ޓީމް: 25,000ރ (ފަންސަވީސް ހާސް ރުފިޔާ)
- ރަނަރަޕް ޓީމް: 15,000ރ (ފަނަރަހާސް ރުފިޔާ)
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.