ދިވެހިރާއްޖެ
ނަންބަރު: 258/258/2025/36(IUL)
އިޢުލާން
މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ ބިންތަކާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރާ ބިމުގައި ހުރި ރުއްގަހާއި ގުޅޭ
މިދަންނަވާ ސަރަހައްދުތަކުގެ އަމިއްލަ މީސްމީހުންގެ ރުއްގަސް ހުރިނަމަ އެރުއް ގަހުގެ ވެރިފަރާތްތަކުން 2025 މެއި މަހުގެ 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެރުއްގަހުގެ ވެރިފަރާތްތަކުން އެރުއްގަހުގެ މިލްކުވެރިކަން ލިބިގެންވާކަމުގެ ލިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- މަސްވެރިކަމުގެ ސިނާޢަތުގައި ހިމެނޭ ބިންތައް
1- އަމީނީމަގުގެ ދެކުނުގެ އެގްރިކަލްޗަރ ސެންޓަރގެ އިރުން ބޮޑުތަކުރުފާނުމަގުގެ އުތުރުން ހިމެނޭ ސަރަހައްދުގައި ހުރި ރުއްތައް
- ފުލުހުންގެ މަރުކަޒު އިމާރާތްކުރާ ބިން
2- އަސްކަރީ ހިނގުމުގެ އިރުން އަރާމަގުގެ ދެކުނުން އެމް.އެން.ޑީ.އެފް ބިމުގެ އުތުރުން ކުރީގެ ރަންވޭމަގުގެ ހުޅަނގުން ޗާޓުގަ ފާހަގަކޮށްފާވާ ސަރަހައްދުގައި ހުރި ރުއްތައް
ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
29 ޛުލްޤަޢިދާ 1446
20 މެއި 2025