އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކުލަސިފިކޭޝަން

އެމް.އެސް.3

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3

ބޭނުންވާ އަދަދު:

01

މުސާރަ:

-/7,035 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 (ދެހާސް) ރުފިޔާ

އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް

(އަސާސީ މުސާރައިގެ %35)

މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އެޓަރނީ ޖެނެރަލްގެ އޮފީސް، މާލެ.

މަޤާމުގެ ޝަރުޠުތައް:

 

 

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން، ޔުނިޓުގެ އެންމެހައި މަސައްކަތްތަކެއް ރާވާ ހިންގައި ބެލެހެއްޓުން.
  • ކްލެމެންސީ ބޯޑާއި އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކާއި ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  • ކްލެމެންސީ ބޯޑާއި އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކާއި ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.
  • ކްލެމެންސީ ބޯޑާއި އޮފީހުގެ ފޯން ނެޓްވާރކަށް ދިމާވާ މައްސަލަ ހައްލުކޮށް ބެލެހެއްޓުން.
  • ކްލެމެންސީ ބޯޑާއި އޮފީހުގެ އީމެއިލް އެކައުންޓް ހެދުމާއި މޮނިޓަރކޮށް ބެލެހެއްޓުން.
  • ކްލެމެންސީ ބޯޑާއި އޮފީހުގެ އިންޓަރނެޓަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ޒަމާނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ގުޅިގެން ކްލެމެންސީ ބޯޑާއި އޮފީހުން ބޭނުންކުރާ އޮޕަރޭޓިންގ ސިސްޓަމްތަކާއި ސޮޕްޓްވެއަރތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  • ޔުނިޓްގެ މަސައްކަތްތަކާ ގުޅިގެން ދުވަހު ޔައުމިއްޔާ ތައްޔާރުކުރުމާއި އަހަރު ރިޕޯޓްތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ރިޕޯޓު ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
  • ޔުނިޓްގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އަހަރީ އެކްޝަން ޕްލޭންތައް ތައްޔާރުކުރުމާއި، ޕްލޭނާ އެއްގޮތަށް މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ޔުނިޓަށް ބޭނުންވާ ބަޖެޓު ތައްޔާރުކުރުމުގައި ޔުނިޓުގެ ވެރިޔާއަށް އެހީތެރިވެދިނުން.
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތުގައި ޔުނިޓުގެ އިސްވެރިންނަށް އެހީތެރިވެދިނުން.
  • ޔުނިޓުގެ މަސައްކަތްތަކުގައި އެހީތެރިކަން ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ޑިވިޜަންގެ އެހެން ޔުނިޓެއްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާންޖެހިއްޖަނަމަ، އެ މަސައްކަތާ ހަވާލުވެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ވެބްސައިޓް ޑިޒައިން ކުރުމާއި، ކޮމްޕިއުޓަރ ނެޓްވާރކް އެޅުމާއި ޑިޒައިން ކުރުމާއި މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސަރވަރއާއި ކޮންފިގަރ ކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މެނޭޖްމަންޓްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން:

ސެޕްޓެންބަރުމަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.     

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.

  1. ވަޒީފާއަށް އެދޭފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛
  2. އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛
  3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛
  5. ފުރިހަމަކުރައްވާފައިވާ ކުރުމުއްދަތުގެ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. މަސައްކަތުގެ ތަޖުރިބާ (އަދާކޮށްފައިވާ މަޤާމުގެ ރޭންކް އެނގޭގޮތަށް) ހާމަކޮށްދޭ  ލިޔުންތަކުގެ ކޮޕީ؛
  7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލާ އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓު:

މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުން ނުލިބިއްޖެނަމަ ކޮންޓްރެކްޓް އުސޫލުންވެސް މުވައްޒަފުން ބޭނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ