ދިވެހިރާއްޖެ
މި އިޢުލާނާ އެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުޅުވުން އޮންނާނީ، 2025 މެއި 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި އިއުލާނު ނަންބަރާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާ ނަމަ، އީމެއިލް ކުރައްވާނީ 2025 މެއި 22 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލަށެވެ.
22 ޒުލްގައިދާ 1446
20 މެއި 2025