ދިވެހިރާއްޖެ
2025 ވަނަ އަހަރު ބ. ކިހާދޫގެ އިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތު ޕޫލުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބޭނުންވާ އަދަދު: 2
ދެފަރާތަށްވުރެ އިތުރަށް މިޕޫލްގައި ބައިވެރިވުމަށް ހުށަހަޅާފައިވާނަމަ، ޕޫލަށް ނެގޭނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ޕޫލުގައި ބައިވެރިވުމުގެ ޝަރުތުތައް:
- ދިވެހި ރައްޔިތަކު ކަމުގައި ވުން.
- އުމުރުން 18 އަހަރު ފުރިފައިވުން.
މަސައްކަތު ގަޑި:
- ހަފްތާއަކު 3 ދުވަސް، ދުވާލަކު 6 ގަޑިއިރު
އުޖޫރަ:
- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 323.00 ރުފިޔާ
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިރިބިއުޝަން.
މުއްދަތު:
- މިމަސައްކަތަށް ނެގޭ 2 ފަރާތާއެކު އެއްބަސްވުން ހެދޭނީ 2025 ޑިސެމްބަރ 31 ގެ ނިޔަލަށެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބ. ކިހާދޫގެ އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ބަލަހައްޓާ އެންމެހާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް.
- ބ. ކިހާދޫ ކައުންސިލުން ބެލުމުގެ ދަށުގައިވާ އެހެނިހެން އިމާރާތްތަކާއި ގޯތިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް.
ވީމާ މިކަމަށް ޝައިޤުވެރިވާ ފަރާތްތަކުން ޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ކޮޕީ 2025 މެއި 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ހުށައެޅުއްވުން އެދެމެވެ. މިޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.