ދިވެހިރާއްޖެ
އިޢުލާނު
|
|||||||||
މަޤާމު: |
ކައުންސިލް އެސިސްޓެންޓް ( ކޮންޓްރެކްޓް އެމްޕްލޯއީމަންޓް ) |
||||||||
މަޤާމުގެ ނަންބަރު: |
- |
||||||||
ބޭނުންވާ އަދަދު: |
15 (ފަނަރަ ) |
||||||||
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
||||||||
މަޤާމުގެ ރޭންކު: |
އެސް. އެސް. 1 |
||||||||
މަޤާމްގެ މުއްދަތު: |
01 އަހަރު (މަސައްކަތަށް ރަގަނޅުނަމަ 01 އަހަރު އިތުރު ކުރެވޭނެ) |
||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކުނިގޮނޑާއި ކައުންސިލް އިދާރާއިން އަންގާ އެހެނިހެން ސަރަހައްދުތަކުގައި |
||||||||
ވަޒީފާ އަދާކުރަންޖެހޭ ގަޑި: |
ހަވީރު 06:00 އިން ރޭގަނޑު 12:00 އަށް |
||||||||
މަޤާމް އޮތް އޮފީސް: |
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ |
||||||||
އުޖޫރަ |
މަހަކު -/3100ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ ) ސާރވިސް އެލަވަންސް : މަހަކު -/ 1000ރ ( އެންހާސް ރުފިޔާ ) ސަޕޯރޓިން ކޯ އެލަވަންސް މަހަކު -/1200ރ ( ބާރަސަތޭކަ ރުފިޔާ ) - މި ރޭންކަށް މިނިމަމްވޭޖަށް ކަނޑައަޅާފައިވާ އަދަދަށް ވުރެން މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމްވޭޖް އެލަވަންސް - ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިޔާއި އެހެނިހެން އެލަވަންސް
|
||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރިވުން - ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން - ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ކުނިގޮނޑާއި ކައުންސިލުން ބަލަހައްޓާ އިޖުތިމާއީ އެންމެހާ ތަންތަނުގެ އިތުރުން ޕިކަފުގައި މަސައްކަތް ކުރުން - ކުނި ނައްތާލާ ނިޒާމުގެ ދަށުން ގޭގޭ ކުންޏާއި ޑަސްޕިންތައް ކައުންސިލުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުނި ގޮނޑަށް ގެންދިއުމާއި، ކުނިގޮނޑުގައި އެކުނިތައް ރައްކާތެރިކަމާއި ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ނައްތާލުން - ގޭގެއިން ކުނިބުނިތައް ކުނި ގޮނޑަށް ގެންދިއުމަށް ޕިކަޕަށް ކުނިބުނިތައް ލޯޑްކޮށް ކުނިގޮނޑުގައި އެ ކުނިތައް ނައްތާލުމަށް ކަނޑައެޅިފައިވާ ސަރަހައްދު ތަކަށް އެޅުން - ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ނިޒާމްގެ ދަށުން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ބޭނުންކުރާ ޑަސްބިންތަކަކާއި ބޭނުން ކުރާ އެހެނިހެން އާލާތްތައް ސާފުކޮށް ބެލެހެއްޓުން - ކުނި ނައްތާލުމުގެ މަސައްކަތާއި އިޖުތިމާއީ އެހެނިހެން މަސައްކަތްތަކުގައި ބޭނުންކުރާ ކައުންސިލްގެ ޕިކަޕްތަކާއި އެހެނިހެން ވެހިކަލްތައް ޤަވާއިދުން ދޮވެ ސާފުކޮށްބެލެހެއްޓުމާއި އެތަކެއްޗައް ލިބޭ ގެއްލުންތައް ޤަވާއިދުން ކައުންސިލައް ރިޕޯރޓް ކުރަމުން ގެންދިއުން - ކައުންސިލުން ކަނޑައަޅާ އުސޫލަތަކާއި އެއްގޮތަށް ގޭގެ ކުންޏާއި ޑަސްޕިންތައް އަދި އިޖުތިމާޢީ ސަރަހައްދު ތަކުގައި އުފެދޭ ކުނި ދުވަހުން ދުވަހަށް ނަގާ ކަނޑައެޅިފައިވާ ސަރަހައްދު ތަކަށް ގެންދިއުން - ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ގޭގޭގެ ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތަކުގައި އަމަލީ ގޮތުން ބައިވެރިވުން - ރަށުގެ ކުނިގޮނޑު މެނޭޖް ކުރުމާއި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކައުންސިލުގެ ވެހިކަލްތައް ބޭނުންކޮށްގެން ކުރާ އެންމެހާ ދަތުރުތަކުގައި މަސައްކަތުމީހެއްގެ ހައިސިއްޔަތުން އަމަލީގޮތުން ބައިވެރިވެ ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން - ކުނި ކޮއްޓަށް ގެންދެވޭ ކުނީގެ ތެރެއިން ފަނާވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނި ކައުންސިލުން އަންގަވާ ގޮތެއްގެމަތިން ނައްތާލުން - ކުނި އެންދުމަށް ހަމަޖައްސައިފައިވާ އުޞޫލުތަކާ އެއްގޮތަށް ކުނިތައް އެންދުމުގައި ޢަމަލީގޮތުން ބައިވެރިވުން - ކުނި ގޮނޑާއި ރަށުގެ އިޖުތިމާއީ ސަރަހައްދުތައް އަދި މި ނޫނަސް ކައުންސިލުން ބަލަހައްޓާ އެންމެހާ އިމާރާތްތަކާއި އެހެނިހެން ތަންތަން ސާފުކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންކުރުމަށް، ދޫކޮށްފައިވާ އެންމެހާ ތަކެތި ޤަވާޢިދުން ބެލެހެއްޓުން، އަދި ތަކެއްޗަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކޮށް އަމިއްލަ އެއްވެސް މަސައްކަތެއްގައި ނުވަތަ ބޭނުމެއްގައި އެތަކެތި ބޭނުން ނުކުރުން - ގޭގެއިން ކުނި ނަގާއިރު ކުނި ވަކިކޮށްފައި ހުރިތޯ ކަށަވަރު ކުރުން (ފަތްކުނި، ދަނގަނޑު، ޕްލާސްޓިކް، ބިއްލޫރި ފަދަ ކުނި) - ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
|
||||||||
މަޤާމުގެ ޝަރުޠުތައް: |
ލިޔަން ކިޔަން އެނގުން. ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: - ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ - ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. |
||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް މަޤާމުގެ ތައުލީމީ ރޮނގުތައް: ނެތް ޕްރިފަރޑް ޑިސިޕްލިންތައް: ނެތް ކޯ ޑިސިޕްލިން: ނެތް
ގުޅޭ ވަޒީފާގެ ދާއިރާތައް: - ފޮޅާ ސާފުކުރުން
|
|||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 (ހަތްދިހަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މެއި 2025 ވަނަ ދުވަހު ގެ 14.00 ގެ ކުރިން، އދ މާމިގިލީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީ އަދި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ޖޫން 2025 އިން 19 ޖޫން 2025 އާއި ދެމެދު އދ މާމިގލީ ކައުންސިލްގެ އިދާރާގައެވެ. |
||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6680538 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
22 ޛުލްޤައިދާ 1446