މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު-ސައިޓް ސުޕަވައިޒަރ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު 

ސައިޓް ސުޕަވައިޒަރ

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް އަދި އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ސައިޓް ސުޕަވައިޒަރެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ސައިޓް ސުޕަވައިޒަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެސްޕަޔަރ އަދި އެރައިޒް ޕްރޮޖެކްޓާއި ގުޅޭ ސައިޓްތަކުގައި އިމާރާތްކުރުމުގެ ހަރަކާތްތަކާއި ކުރެވޭ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ބެލުމެވެ. އަދި އެހެނިހެން ޒިންމާތަކުގެ ތެރޭގައި، އިމާރާތްކުރުމުގެ މިންގަޑުތައް ހިފަހައްޓާވަރު ބެލުމާއި މަސައްކަތާއި މަސައްކަތްތެރިކަމުގެ ފެންވަރުބެލުން ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ގދ. ތިނަދޫ ސައިޓްތަކުގައެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
  • އާންމު އިމާރާތްކުރުމުގެ މަސައްކަތުގެ މަދުވެގެން 2 އަހަރުގެ ތަޖުރިބާ އާއި މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރުން؛ އަދި
  • އިމާރާތް ކުރުމުގެ މަސައްކަތް ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ހުރުން.

ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 29 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ

ވެލާނާގެ، 5ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، 20096، ދިވެހިރާއްޖެ

ފޯނު: 3019219

އީމެއިލް: [email protected]

[email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރެއްވުން އެދެމެވެ.

20 މެއި 2025

20 މޭ 2025
ހޯދާ