ދިވެހިރާއްޖެ
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
-/4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ |
އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް |
އަސާސީ މުސާރައިގެ %35 |
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
އެޓަރނީ ޖެނެރަލްގެ އޮފީސް/ ކްލެމެންސީ ބޯޑު، މާލެ |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
1. އިލްތިމާސް ދިރާސާކުރުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތުތައް ދަޢުލަތުގެ ތަފާތު މުޢައްސަސާތަކުން ހޯދުން. 2. ބޯޑުގެ މަސައްކަތާގުޅިގެން އިންޓަވިއުކޮށްގެން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުން. 3. ކޮމިޓީ މީޓިންއަށާއި ބޯޑު މީޓިންއަށް ތައްޔާރުވުމަށް ކޮމިޓީ މެންބަރުންނަށް އެހީތެރިވެދިނުން. 4. މީގެ އިތުރުންވެސް ކޮމިޓީ މެންބަރުންނަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
|
އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: |
2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.
ވަޒީއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މިމަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
9 ޛުލްޤަޢިދާ 1436