މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާއިން ދޭ ސްޕެސިފިކޭޝަނާ، މައުލޫމާތާ އެއްގޮތަށް ތިރީގައިމިވާ ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 2 ސަބް ވޫފަރ

(peavey sub woofer 1200 watts program, 2400 each)

  • 1 މިކްސިންގ ކޯންސޯލް 16 ޗެނެލްގެ

(Yamaha 16-channel mixing console: max. 10 mic 16 line input (incle.FX +48V phantom power)

  • 2 ސްޕީކަރ ކޭބަލް

(peavey, speaker cable 50’ 14AWG netrk ¼)

  • 1 ސްޓީރިއޯ ޕަވަރ އެމްޕްލިފަޔަރ

(Yamaha, streo power amplifier – 3200 Watts)

  • 2 ޕެޗް ކޭބަލް

(peavey, 3’ color shd utility (patch cable)

  • 1 ރެކް ސްޓޭންޑް

(lazer, mixer & amp rack stand)
                                                                                           

ވީމާ، މިތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި "ކަމަދޫ ކައުންސިލް އިދާރާއަށް ބޭނުންވެގެން ހޯދާ ތަކެތީގެ އަންދާސީހިސާބު" މިހެން ލިޔުމަށްފަހުގައެވެ. ހުށަހަޅާ އަންދާސީހިސާބާއެކު އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ކުންފުންޏަކުން އަންދާސީހިސާބު ހުށަހަޅުއްވުމަށް ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުން ހާޒިރުވެވެން ނެތްނަމަ ބަދަލުގައި ފޮނުވާ މީހާގެ އައިޑީކާޑާއި ވެރިފަރާތް އިއުތިރާޒެއްނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަން:

  • މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
  • ގަޑިޖެހިގެން ހުށަހެޅޭ އަންދާސީހިސާބުތައް
  • ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
  • މަޢުލޫމާތު ފަރިހަމަ ނުވާ އަންދާސީހިސާބުތައް
  • މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް
  • މިއޮފީހުން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބުތައް

 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.          

11 ޛުލްޤަޢިދާ 1436

26 އޮގަސްޓް 2015
ހޯދާ