ދިވެހިރާއްޖެ
ނަންބަރު: (IUL)345-CAA/345/2025/32
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު: |
އއ.މާޅޮހު ޤަބުރުސްތާނު އެތެރެ ދިލާސާފުކުރުމާއި، ޤަބުރުސްތާނު އެތެރޭގައިވާ ގާފުނިނެގުމާއި ޤަބުރުސްތާނު ވަށައިގެން ދިލާސާފުކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހެޅުން:
މި މަސައްކަތްތަކަށް ކޯޓޭޝަން ހުށަހެޅުން އޮންނާނީ 27 މެއި 2025 (އަންގާރަ) ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގެ ޖަލްސާކުރާ މާލަމުގައި ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތަކާއި، މެއިލްމެދުވެރިކޮށް ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިކޯޓޭޝަން ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 26 މެއި 2025 (ހޯމަ) ދުވަހުގެ 12:00ކުރިން މިއިދާރާގެ ނަމްބަރ 6660059 ފޯނާއި ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.