ދިވެހިރާއްޖެ
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ދެ މަގު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ
ފޯން: 6520043
އީ-މެއިލް: [email protected]