ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ހޯދުން

 ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލުގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

#

ތަފުޞީލު

ތާރީޚު

ގަޑި

ތަން

1

ބިޑު ހުށަހެޅުން

28 މޭ 2025

މެންދުރުފަހު 13:00

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

 

މި އިޢުލާނާއެކު މި ބިޑަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ ބިޑު ހުށަހަޅާ ފޯމާއި، އިމާރާތާއި ބެހޭ މަޢުލޫމާތު ފޯމް، މަސައްކަތާބެހޭ އިތުރު ތަފުޞީލު، އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected]  އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

19 މޭ 2025
ހޯދާ