އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިސްޓް ބީޗުގައި 2 ފާޚާނާ ހެދުން

އިޢުލާން 

ޓޫރިސްޓް ބީޗުގައި 2 ފާޚާނާ ހެދުން

                      މިރަށުގައި ފަތުރުވެރިންނަށް ޚާއްޞަކޮށްފައިވާ ޓޫރިސްޓް ބީޗުގައި 2 ފާޚާނާ ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުން ވެއެވެ. 

                      މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 25 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބީލަން ހުށަހެޅުމަށް، އދ. ދިގުރަށު ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީކުރުން އެދެމެވެ. ރަޖިސްޓަރީ ކުރުމުން، މަސައްކަތާބެހޭ މަޢުލޫމާތު ޝީޓްތައް ޙަވާލު ކުރެވޭނެއެވެ. އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ދައްކަވަން ޖެހޭނެއެވެ.

                  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން، 2025 މެއި 28 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމަށް ޙާޟިރުވެ، ބީލަން ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ ކައުންސިލުން ދޫކުރާ ބީލަން ފޯރމް ފުރުމަށްފަހު، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.   

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

                       

                                                       އިބްރާހީމް ޢުޘްމާން

                                                      ކައުންސިލްގެ ރައީސް

19 މޭ 2025
ހޯދާ