ދިވެހިރާއްޖެ
އިޢުލާން
ރަށުކޮޅު ތުނޑީގައި ހަދާފައިވާ ދެ ފާޚާނާ މަރާމާތުކުރުން
މިރަށު ރަށުކޮޅު ތުނޑީގައި މިހާރު ހަދާފައިވާ 2 ފާޚާނާގެ މަރާމާތު ކުރުމުގެ އިތުރުން، ފާޚާނާ ބަރިއާއި ގުޅުވައިގެން އިތުރު 2 ޗޭންޖިންގ ރޫމް، އަމިއްލަ ތަކެތީގައި ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 25 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބީލަން ހުށަހެޅުމަށް، އދ. ދިގުރަށު ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީކުރުން އެދެމެވެ. ރަޖިސްޓަރީ ކުރުމުން، މަސައްކަތާބެހޭ މަޢުލޫމާތު ޝީޓްތައް ޙަވާލު ކުރެވޭނެއެވެ. އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ދައްކަވަން ޖެހޭނެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރި ފަރާތްތަކުން، 2025 މެއި 28 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމަށް ޙާޟިރުވެ، ބީލަން ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ ކައުންސިލުން ދޫކުރާ ބީލަން ފޯރމް ފުރުމަށްފަހު، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް