ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު
އިންޑިވިޖުއަލް ކޮންސަލްޓަންޓެއް (ނެޝަނަލް)
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040
ގްރާންޓް ނަންބަރު : E047-MV
މަސައްކަތުގެ ބާވަތް: އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)
ރިފަރެންސް ނަންބަރު:MV-MOECCT-DMADD-492821-CS-INDV
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ އިންޑިވިޖުއަލް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.
މި ކޮންސަލްޓެންސީއަށް ހޮވޭ ފަރާތުގެ މަސައްކަތަކަށްވާނީ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް (އެމްއޯޓީއީ) އާއި އެކު ޕްރޮޖެކްޓްގެ ސަބްކޮމްޕޮނެންޓް 3.1 ގެ ހުރިހާ ހަރަކާތްތަކެއް ކޯޑިނޭޓް ކުރުމާއި، ޑޭޓާ އެއްކުރުމާއި، ޓެކްނިކަލް އަދި އިމްޕްލިމެންޓޭޝަން ސަޕޯޓް ދިނުމެވެ.
މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ޝަރުތުތަކަކީ:
- ތިމާވެށީގެ/ މޫސުމަށް އަންނަ ބަދަލުތަކުގެ ނުވަތަ އެކަމާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހިރާއްޖެއަށް ޙާއްސަ ރިސާރޗް އަދި ޓެކްނޮލޮޖީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ލިޔުންތެރިކަމާއި އަނގަބަހުން ވެސް މުވާސަލާތީ ހަރުދަނާ ހުނަރުތައް ހުރުން
- ދިވެހިބަހާއި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ޝައުގުވެރިކަން ފާޅުކުރުމުގެ ސިޓީ
- ކަރިކިއުލަމް ވީޓާ (ވަޒީފާއަށް ގުޅނު މަހާއި އަހަރު އަދި ކެނޑުނު މަހައި އަހަރު ސާފުކޮށް އެގޭނެހެން ބަޔާންކުރުން)
- ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ
- ޕޮލިސް ކްލިޔަރެންސް ސެޓްފިކެޓް
- އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
- ވަޒީފާގައި އުޅުނުކަމުގެ ލިޔުން (އަދާ ކޮށްފައިވާ މަސްއޫލިޔަތާއި އެ މަސްއޫލިއްޔަތު އަދާ ކޮށްފައިވާ މުއްދަތު އެނގޭނެހެން)
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ފަސްވަނަ އެޑިޝަން، ސެޕްޓެންބަރު 2023" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން www.mohst.gov.mv ލިބެން ހުންނާނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖޫން 3 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
+(960)330-2253 :ފޯނު ނަންބަރު
ވެބްސައިޓް: www.mohst.gov.mv/ www.dmadd.gov.mv
[email protected]:އީމެއިލް
ކޮޕީ: [email protected]