މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
މި ވުޒާރާއަށް އެހީގެ ގޮތުގައި ލިބިފައިވާ މުދާ ކްލިއަރަންސް ހެދުމާއި ބެހޭ

   މި ވުޒާރާއަށް އެހީގެ ގޮތުގައި ލިބިފައިވާ މުދާ ކްލިއަރަންސް ހެއްދުމާއި މި ވުޒާރާއިން ދައްކާ ގުދަނަކަށް ގެންގޮސް ތަރުތީބު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުވެގެން ކުރެވުނު ނަންބަރު (IUL)13-E/13/2025/91 (13 މެއި 2025) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އަލުން އިޢުލާން ކުރަމެވެ.

   މަޢުލޫމާތު ދިނުން: 21 މެއި 2025، 13:30އަށް

   އަންދާސީ ހިސާބު ހުށަހެޅުން: 25 މެއި 2025، 13:30އަށް

   ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

   އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 މޭ 2025
ހޯދާ