ދިވެހިރާއްޖެ
ވެލާ ރިސޯޓާއި އީކޯ ޔޫތު ގުޅިގެން ގުރީންހައުސްގައި ގަސްއިންދާ ހެއްދުމުގެ ޕްރޮޖެކްޓެއް މި އަތޮޅުގެ 13 ރަށް 3 ގުރޫޕަކަށް ބަހާލައިގެން 2025 ޖޫން މަހުގެ ތެރޭގައި ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ގްރީންހައުސްތައް އެޅުމާ އަދި ގުރީންހައުސްގައި ދަނޑުވެރިކަން ކުރުމުގެ ތަމްރީނުގެ އިތުރުން ހޯމް ގާޑެނިންގއާ އާންމުކޮށް ގަހަށް ޖެހޭ ބަލިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދެއެވެ.
މި ތަމްރީނު ޕްރޮގުރާމްގައި ކޮންމެ ރަށަކުން 5 ބައިވެރިންނަށް ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގެ ދިގުމިނަކީ 4 ދުވަހެވެ. ތަމްރީނު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕްރެކްޓިކަލް ކުލާސްތަށް ހަވީރު 16:00 އިން 18:00 އަށް، އަދި ތިއަރީ ކްލާސްތައް ރޭގަނޑު 20:30 އިން 22:30 އަށެވެ.
ވީމާ، މަތީގައި ދަންނަވާފައިވާ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައި އެވާ ލިންކު މެދުވެރިކޮށް 2025 މޭ 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ރެޖިސްޓްރީވުމަށްދަންނަވަމެވެ. ޓްރެއިނިންގ އަށް ބައިވެރިން ހޮވުމުގައި ރަޖިސްޓްރީވެފައިވާ ތަރުތީބަށް އިސްކަން ދެވޭނެއެވެ.
ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/oMiS8