ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ އެއަރކޮންޑިޝަންތައް 1 (އެކެއް) އަހަރު ދުވަހަށް ސާރވިސްކޮށް ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނު ނަންބަރު IUL)213-PR/1/2015/33) އަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00އަށް ޕޮލިޓެކްނިކަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް ޕޮލިޓެކްނިކަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
12 ޛުލްޤަޢިދާ 1436