ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލުގެ އައު އިމާރާތައް ބޭނުންވާ ފަރުނީޗަރ ފޯރުކޮށް އެތަކެތި ރާވައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިއުލާން ނަންބަރު ((IUL)347/347/2025/15) އަަށް ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއް ކަމަށްފެންނާތީއާއި، އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 މެއި 2025 (ހޯމަ) ދުވަހުން ފެށިގެން 25 މެއި 2025 ވާ (އާދިއްތަ) ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އާއި އެކު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 26 މެއި 2025 ވާ (ހޯމަ) ދުވަހުގެ 13:15 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަދެންނެވީމެވެ.
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:15 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 02 ޖޫން 2025 ވާ ހޯމަ ދުވަހު 10:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.