އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ލޭންޑްސްކޭޕިންގ ޑިޒައިންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

ކުޑަކުދިންގެޕާކުގެ ލޭންޑްސްކޭޕިންގ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)340/340/2025/19 (29 އެޕްރީލް 2025) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މި އިޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓްގެ މަޢުލޫމާތު ޝީޓު (ސެކްޝަން 6)ގެ 11 ވަނަ ޕޮއިންޓުގައި ބަޔާންކުރާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 މޭ 19 އިން 2025 މޭ 25 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ މެއިލް، [email protected] އަށް މި މަސައްކަތަށް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ވިޔަފާރި/ކުންފުނީ ނަން/ ވެރިޔާގެ ފުރިހަމަނަމާއި މަޤާމް/ ގުޅޭނެ ނަންބަރު) ފޮނުވަންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް މެއިލް ނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑް ޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި މަސައްކަތުގެ މަޢުލޫމާތުތަކާއި އިރުޝާދުތައް ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މި ކައުންސިލްގެ މެއިލް [email protected] އަށް 2025 މޭ 22 ވަނަ ދުވަހުގެ 12:00ގެ ކުރިން ފޮނުވުމުން 2025 މޭ 22 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބުތައް ފޮނުވޭނެއެވެ.

މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 މޭ 26 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

19 މޭ 2025
ހޯދާ