މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލް ދަނޑުގައި ރޮސްޓްރަމެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 މިއިދާރާ އިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ފުޓްސެލްދަނޑުގައި އެޅުމަށް ނިންމާފައިވާ ރޮސްޓްރަމް އިމާރާތުގެ ފައުންޑޭޝަން އަޅާ ރާނާއި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.   

  ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކުދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަގު ހުށައެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 19 މެއި 2025 އިން 21 މެއި 2025 ގެ 12:00 އާއި ދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/PxnFwF9KAYcqLEKo6

                                                                                                                            

މަޢުލޫމާތު ސާފުކުރުން

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 22 މެއި 2025 ވާ ( ބުރާސްފަތި ) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 26  މެއި 2025 ވާ ( ހޯމަ ) ދުވަހުގެ 14:00 ގެ ކުރިން [email protected]  އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540047 ނުވަތަ 7904032 ނަމްބަރާއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ބީލަން ހުޅުވުން އޮންނާނީ 02 ޖޫން 2025 ވާ ( ހޯމަ ) ދުވަހުގެ 10:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަން ތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަ ރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

19 މޭ 2025
ހޯދާ