ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

މިޑިޕާޓްމަންޓުން ބާއްވާ އެކިއެކި އިމްތިޙާންތަކާ ގުޅިގެން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި، މިޑިޕާޓްމަންޓްގެ ބޭނުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް ފަރާތެއް ހޯދުމަށް 2015 އޮގަސްޓު 13 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2015/44) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 2 ވާ ބުދަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ސެޕްޓެންބަރު 7 ވާ ހޯމަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

11 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015
ހޯދާ