ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 2025 ވަނައަހަރުގެ 15 ވަނަ ޢާއްމު ޖަލްސާއިން " ހައްދުންމަތީ ކަލައިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވައިލާ ވިލަރެސް ކޮމިޓީއަށް އާންމުންގެ ތެރެއިން މެމްބަރުން ހޯދުމަށް 5 ފަހަރު އިޢުލާންކުރެވި ބޭނުންވާ އަދަދަށް މެމްބަރުން ހަމަވެފައިނުވާތީއާއި އަދި ގޯތި ދޫކުރުމަށް ލަސްތަކެއް ދިމާވަމުންދާތީ ގޯތި ވިލަރެސް ކޮމެޓީއަށް އާންމުންގެ ބައި 1 މެމްބަރަކަށް ބަދަލުކޮށް ގޯތި ވިލަރެސް ކޮމެޓީއަށް ބަދަލު ގެނެސް އަލުން އެކުލަވައިލުމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް، ގޯތިދޫކުރުމުގެ އެކި އެކި މަރުހަލާތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ކުރިޔަށް ގެންދިއުމަށް ހައްދުންމަތީ ކަލައިދޫގެ ރައްވެހިންގެ ތެރެއިން 1 މެންބަރުން ނެގުމަށްވަނީ ހަމަޖެހިފައެވެ. ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ 2025 ވަނަ އަހަރުގެ 10 ވަނަ އާއްމު ޖަލްސާއިން ވަނީ ގޯތި ވިލަރެސް ކޮމެޓީގައި ރައްޔިތުންގެ ތެރެއިން ބައިވެރިވާ މެންބަރުންނަށް، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް -/200 (ދުވިސައްތަ) ރުފިޔާ ގެ އެލަވަންސް ދިނުމަށް ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މެއި 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6800730 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވިލަރެސްކޮމިޓީގެ މެމްބަރުކަމަށް އެދޭމީހާގެ ޝަރުތުތައް:
- އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ކަލައިދޫ ރަށްވެއްސެއް ކަމުގައިވުން.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.