ދިވެހިރާއްޖެ
އިޢުލާން
"އޭދަފުށީ ކައުންސިލްގެ ޤުރުއާން މުބާރާތް 1446" އަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:
2025 ޖޫން 19 ން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތް 1446" އަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ވީމާ، އިނާމު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 15 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ސިޓީއާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި ފައިސާ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އެދެމެވެ.
އެކައުންޓް ނަންބަރު:7719700354002
އެކައުންޓް ނަން:Revenue 2
ސްލިޕް ވައިބަރ ކުރައްވަން ޖެހޭ ނަންބަރު: 7378303
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް (6602559، 6602009، 6002555) ނަންބަރު ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 ޛުލްޤަޢިދާ 1446