ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް
އިޢުލާން
މި އިދާރާއިން ދީފައިވާ ކުރެހުމާއި އެއްގޮތައް ލޯކަލް މާރުކޭޓެއް ހަދާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19 މެއި 2025 އިން 25 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ އޮންލައިންކޮށް ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
- އޮންލައިންކޮށް ފައިސާ ދައްކަވައިގެން ރަޖިސްޓަރ ވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެއެވެ.
- ބީލަން ހޮވުމުގައި އިސްކަންދޭނީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލުގެ ދަށުންނެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 މެއި 2025 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 154/11ރ.(އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ އެގާރަ ލާރި) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ފޯން : 9781899
- އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
21 ޛުލްޤަޢިދާ 1446
19 މޭ 2025
ހޯދާ