ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ ލޭންޑް ޔޫސް ޕްލޭންގައި ބްލޮކްނަންބަރު: F1-B10 ގައިވާ ބިންތަކުގެ ތެރެއިން އިރުން ހުޅަނގަށް ވާގޮތަށް ދެވަނަ ނަންބަރު ބިން ވިއްކުން

އިޢުލާން

ދ. ކުޑަހުވަދޫ ލޭންޑް ޔޫސް ޕްލޭންގައި ބްލޮކްނަންބަރު: F1-B10 ގައިވާ ބިންތަކުގެ ތެރެއިން އިރުން ހުޅަނގަށް ވާގޮތަށް ދެވަނަ ނަންބަރު ބިން ވިއްކުން:

     ކުޑަހުވަދޫ ލޭންޑް ޔޫސް ޕްލޭންގައި ބްލޮކްނަންބަރު: F1-B10 ގައިވާ ބިންތަކުގެ ތެރެއިން އިރުން ހުޅަނގަށް ވާގޮތަށް ދެވަނަ ނަންބަރު ބިން ވިއްކުމަށް ކަނޑައަޅައި، ގޯތި ގަތުމަށް އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. އިޢުލާނާއެކު ނީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

1-

ނީލަމުގައި ރަޖިސްޓްރީވާނީ، ނީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމްގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު މި އިދާރާއަށް ހުށަހަޅައިގެންނެވެ.

2-

ނީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

3-

ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، އެކަމަށް ކަނޑައަޅާފައިވާ ފީ ކަމުގައިވާ 500.00ރ (ފައްސަތޭކަ ރުފިޔާ) މިއިދާރާއަށް ދެއްކުމުންނެވެ.

4-

ބީލަމުގައި ރަޖިސްޓްރީ ކުރާނީ 19 މެއި 2025 ވަނަ ދުވަހުން ފެށިގެން 25 މެއި 2025   ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށެވެ.

5-

ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 ން މެންދުރުފަހު 13:00 އާއި ހަމައަށެވެ.

6-

ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 26 މެއި 2025 ވަނަ ދުވަހުން ފެށިގެން 29 މެއި 2025 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ހުށަހަޅައިގެންނެވެ.

[email protected]

7-

ބީލަން ހުށައަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 01 ޖޫން 2025 ވަނަ ދުވަހުގެ 13:00ގައި ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

8-

ތިރީގައި މިދަންނަވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

1- ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް

2- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް

3- ބީލަމަށް އަގުހުށަހަޅާ ފޯމް

4- ވިއްކުމަށް ކަނޑައަޅާފައިވާ ގޯތި އެނގޭނޭ ޗާޓް

 

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

21 ޛުލްޤަޢިދާ 1446

19 މޭ 2025
ހޯދާ