ދިވެހިރާއްޖެ
އިޢުލާން
ކުނިއުކާލުމުގެ މަސައްކަތް އައުޓްސޯސް ކުރުން.
މިރަށުގެ ގޭބިސީތަކާއި ވިޔަފާރިކުރާތަންތަނާއި އޮފީސްތަކުގެ އުފެދޭކުނިނަގާ އުކާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
މ. މުލީ ކައުންސިލްގެ އިދާރާ |
25 މެއި 2025 |
އާދިއްތަ |
13.00 |
އަންދާސީ ހިސާބު ހުށަހެޅުން |
މ. މުލީ ކައުންސިލްގެ އިދާރާ |
28 މެއި 2025 |
ބުދަ |
13.00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- އަގަށް %80
- ތަޖުރިބާ %20
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.