މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މ . މުލީ ވޭސްޓް މެނޭޖްމަންޓްގެ ކުނި ނެގުމާއި ގުޅޭ
އިޢުލާން
މ . މުލީ ވޭސްޓް މެނޭޖްމަންޓްގެ ކުނި ނެގުމާއި ، ގުޅޭ :
ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކޮމްޕޯސްޓިން މެޝިން އިންސްޓޯލް ކުރެވި ގޭގެއިން އުކާލާ ބަދިގޭކުނި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރު ކުރަން ވަނީ ފަށައިފައެވެ. މިހާރުވެސް ގޭގެއިން ބަދިގޭ ޑަސްބިނަށް ކުނިއަޅާއިރު ޕްލާސްޓިކްގެ ބާވަތްތައް ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިހެން މިކަން ވުމުގެ ސަބަބުން ކުނިތައް ނައްތާލުމުގައި ، އިތުރު ތަކްލީފް ތަކެއް އުފުލަން ޖެހެއެވެ.
ވީމާ ، ޑަސްބިންތަކަށް ކުނި އަޅާއިރު ޕްލާސްޓިކްގެ ބާވަތްތައް ބަދިގޭ ޑަސްބިނަށް ނޭޅުމަށާއި ، ސައިފަތް ޕެކެޓް ޑަސްބިނަށް އަޅާއިރު އޭގެ ލޭބަލް ނައްތާލުމަށްފަހު އެޅުމަށް ރަތްޔިތުން ސަމާލުކަން ދިނުމަކީ މި ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 މޭ 2025
ހޯދާ