ދިވެހިރާއްޖެ
މިކައުންސިލުގެ ފަރާތުން ރާވާ ހިންގާ އިވެންޓްތައް ލައިވް ކުރުމަށާއި އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް ތިރީގައިމިވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ބޭނުންވާ ތަކެތި:
އަދަދު |
އައިޓަމްތަކުގެ ތަފްސީލް |
# |
1 |
Yolobox (YOLO) |
1 |
1 |
Fibe optic HDMI cable (15M) |
2 |
1 |
Fibe optic HDMI cable (10M) |
3 |
3 |
USB - Audio/Video Capture Card |
4 |
1 |
Stream Deck (Powerlogy) |
5 |
2 |
Canon XA-11 (Canon) |
6 |
2 |
Camcorder Tripod |
7 |
1 |
Atem Mini (Blackmagic) |
8 |
1 |
Soundcard (Forcusrite Scarlett) |
9 |
1 |
Laptop |
10 |
- މަތީގައިވާ އައިޓަމްތަކުގެ އިތުރު މަޢުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން) މި މަސައްކަތުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.
ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީޙަކީ 2025 މެއި 25 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އެވެ. ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.
- ބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
- ބިޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
- ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތަކަކީ:
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
- ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް،
- ބީލަން ހުޅުވުން އޮންނާނީ 2025 މެއި 26 ވާ ހޯމަ ދުވަހުގެ ހެނދުނު 13:00 ގައި މިކައުންސިލް އިދާރާގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑަށް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
- ބިޑު ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި ބިޑަށްލުމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
- ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
- ކައުންސިލް އެގްޒެކެޓިވް – އިމްރާން ޝަރީފް (9122102)
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.