މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތިމާވެށި-މޮނިޓަރިންގ ރިސާރޗް ވެސަލް އަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލްކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކްތް- 3 ވަނަ ޓެންޑަރ - ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 (IUL)88-MCEP/88/2025/231:އިޢުލާން ނަންބަރު

 މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ޕްރޮޖެކްޓް ނަންބަރު: MV-MEE-476218-GO-RFB

ތިމާވެށި-މޮނިޓަރިންގ ރިސާރޗް ވެސަލް އަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައި،ޑެލިވަރީ އަދި އިންސްޓޯލްކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކްތް-3 ވަނަ ޓެންޑަރ - ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ތިމާވެށި-މޮނިޓަރިންގ ރިސާރޗް ވެސަލް އަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލްކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތަށް ކުރެވުނު ނަންބަރު (IUL)88-MCEP/88/2025/68 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން ބާތިލްކޮށް، މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ލޮޓަށް ބަހާލައިގެންނެވެ. ތިރީގައިވާ 2 ލޮޓަށް އަގު ހުށަހަޅަން ޖެހޭނެއެވެ.

ލޮޓް 1: ތިމާވެށި-މޮނިޓަރިންގ ރިސާރޗް ވެސަލް އަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައި،ޑެލިވަރީ ކުރުމުގެ މަސައްކަތް -

އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީއިން ފަންޑުކުރެވިފައި)

ލޮޓް 2: ތިމާވެށި-މޮނިޓަރިންގ ރިސާރޗް ވެސަލް އަށް ބޭނުންވާ އިކްއިޕްމެންޓް އިންސްޓޯލްކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް- ދިވެހި ސަރުކާރުގެ ބަޖެޓުން ފަންޑުކުރެވިފައި)

މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް (ޓެކްނިކަލް ސްޕެސިފިކޭޝަނާއި، ބިޑް ހުށަހަޅަން ޖެހޭގޮތުގެ ތަފސީލު) ގެޒެޓުގައި މި އިއުލާނާއިއެކު ޝާއިޢުކުރެވިފައިވާ  ޓެންޑަރ ޑޮކިޔުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި ބީލަމުގައި ރެޖިސްޓްރީވެވޭނީ އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު އިނގޭނެހެން މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރޭހަށް އީމެއިލް ކުރައްވައިގެންނެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 25 މެއި2025ވަނަ ދުވަހުގެ 11:00 ގައި ސާފުރާއްޖެ ބިލްޑިންގައެވެ.

ބިޑު ސެކިއުރިޓީ

ބިޑް ސެކިއުރިޓީ ހުށަހަޅާނަމަ މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި (20،000) (ވިހި ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން (128) ދުވަހެވެ.

އަދި ބިޑް ސެކއުރިޓީގެ ބަދަލުގައި ބިޑް ސެކިއޯރިންގް ޑިކްލަރޭޝަން ހުށަހަޅާނަމަ، ޓެންޑަރ ޑޮކިއުމަންޓްގެ 63 ވަނަ ޕޭޖުގައި ވާ "Form of Bid-Securing Declaration" ފޯރމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ  29 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 26 މެއި 2025 14:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Do not Open Before 29th May 2025 at 1100hrs – Supply and Installation of additional equipment and maintenance works for Monitoring and Research Vessel. 2nd Tender- (IUL)88-MCEP/88/2025/231”

Lot 1: Supply and Delivery of the equipment’s for “Thimaaveshi- Monitoring and Research Vessel”- Funded by the world Bank

Lot 2: Installation and maintenance works mentioned in the technical specification for “Thimaaveshi- Monitoring and Research Vessel”- Funded by the Government of the Maldives  

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް

ސާފުރާއްޖެ ބިލްޑިންގ

މާލެ، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ނަންބަރު: +960 3018451

ވެބްސައިޓް: www.environment.gov.mv

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

18 މެއި 2025

18 މޭ 2025
ހޯދާ