މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައިވާ ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކަށް ބޭނުންވާ މޫރިންގ ޖަހާ މެޝިނަރީސް ސަޕްލައިކޮއްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައިވާ ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކަށް ބޭނުންވާ މޫރިންގ ޖަހާ މެޝިނަރީސް (13 ހޯސްޕަވަރގެ ހައިޑްރޯލިކް ޕަވަރ ޔުނިޓަކާއި، ހައިޑްރޯލިކް ބްރޭކަރ އަދި ހައިޑްރޯލިކް ހޯސް) ސަޕްލައިކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ (ޓާރމްސް އޮފް ރެފަރެންސް/ މައުލޫމާތު ޝީޓު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް / މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގައި ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓަރީކުރުމަށް 2025 މޭ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ތިރީގައިވާ އީމެއިލްއަށް ބިޑް ރަޖިސްޓްރީ ކުރާ ފަރާތުގެ މަޢުލޫމާތު (ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) ފޮނުވަންވާނެއެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އަދި ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އީމެއިލް އެޑްރެސް: [email protected] 

ކޮޕީ: [email protected]

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2025 މެއި 29 ވާ ބުރާސްފަތި ދުވަހު 10:00 ގެ ކުރިން ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2025 މެއި 29 ވާ ބުރާސްފަތި ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2025 މޭ 25 ވާ އާދީއްތަ ދުވަހު 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected] 

ކޮޕީ: [email protected]

 

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Do not Open Before 29th May 2025 at 1005hrs – Mooring Installation Machineries – (IUL)446/88/2025/2” and the submitting party’s name and address

 

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީސް

ބ.އަތޮޅު އަތޮޅުގެ

ޔޫސުފްކަލޭފާނު މަގު، ބ.އޭދަފުށި، ދިވެހިރާއްޖެ.

އީމެއިލް އެޑްރެސް: [email protected] 

ކޮޕީ: [email protected]


 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިއޮފީހަށް ލިބިގެންވެއެވެ.

18 މޭ 2025
ހޯދާ