ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހދ. ހިރިމަރަދޫ ރަށްވެހިގޭ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު: 261CA/2015/29 (ތާރީޚު:6 އޮގަސްޓު 2015) ގެ އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ، އަލުން އިޢުލާންކުރަމެވެ.
ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 15:00 އަށް ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
މިމަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 9 ސެޕްޓެންބަރު 2015 ވާ ބުދަދުވަހުގެ 13:30 ގައި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުޅުވުން އޮންނާނީ 16 ސެޕްޓެންބަރު 2015 ވާ ބުދަދުވަހުގެ 13:30 ގައި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.
ހ. "ހދ. ހިރިމަރަދޫގެ ރަށްވެހިގޭ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
ބީލަން ފޮތުގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަ ނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޛުލްޤަޢިދާ 1436