ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލްގެ އިދާރާގައި ލޯންޑްރީއެއް އަދި މިހާރު ހުރި ފާޚާނާއާއި ގުޅުވައިގެން އިތުރު ފާޚާނާއެއް ހެދުމާއިބެހޭ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިއިޢުލާނާއިއެކު، މި މަސައްކަތުގެ 'މަޢުލޫމާތު ކަރުދާހާއި ކުރެހުން' އަދި 'އަގުހުށަހަޅާ ފޯމު' އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 28 މެއި 2025 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް، މިއިދާރާގެ އީ-މެއިލް:  [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖީއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.  

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 މޭ 2025
ހޯދާ