އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ

މިހޮސްޕިޓަލަށް ޑިރެކްޓަރގެ މަޤާމަށް ކުރެވުނު ނަންބަރު HR/IU/2015/123-ފ137 (05 އޮގަސްޓު 2015) އިޢުލާނަށް ކުރިމަތިލައްވާފައިނީ އެންމެ ފަރާތަކުން ކަމަށްވާތީ، އަލުން އެމަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް އިޢުލާންކުރަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ. އަދި މިފަދަ ފަރާތަކަށް މިހޮސްޕިޓަލުގެ ވަޒީފާއަށް މަރުހަބާ ދަންނަވަމެވެ.

މަޤާމު

ޑިރެކްޓަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/15000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް/ އެސްޓޭޓް ފެސިލިޓީސް އެންޑް ޓްރާންސްޕޯޓް

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު:

01 އަހަރު (ޕާރފޯމަންސަށް ބެލުމަށްފަހު އަލުން އާކުރެވިދާނެއެވެ.)

މަސައްކަތުގެ ވަގުތު:

ދުވާލަކު މަދުވެގެން 07 ގަޑިއިރު (ރަސްމީގަޑި)

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

އެސްޓޭޓް ފެސިލިޓީސް އެންޑް ޓްރާންސްޕޯޓުގެ ދަށުން ހިނގަމުންދާ އިންޖިނިއަރިންގ ޔުނިޓް، ރެފްރިޖެރޭޝަން ޔުނިޓުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން. 

 

 

ތަޢުލީމާއި ތަޖުރިބާ:

 

  • ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އިންފޮމޭޝަން ސިސްޓަމް ނުވަތަ މެކޭނިކަލް އިންޖިިނިއަރިންގ ނުވަތަ އިލެކްޓްރިކަލް އިންޖިނިއަރިންގގެ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ނުވަތަ ޑިޕްލޯމާއެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އިންފޮމޭޝަން ސިސްޓަމް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ އިލެކްޓްރިކަލް އިންޖިނިއަރިންގގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 

 

 

 

 

 

  • ހިންގުންތެރިކަމުގެ ހުނަރުހުރުން
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.
  • ކަންތައްތައް ހައްލުކުރުމުގައި އަދި ބަސްމޮށުންތެރިކަމުގެ ހުނަރުހުރުން.
  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • އެމް.އެސް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)  

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ވަނަވަރުގައި ގުޅޭނެ ފޯނުނަންބަރު އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

ސުންގަޑި

08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

އަދި 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:  2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި 
އިތުރު މަޢުލޫމާތު   މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ. ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ. 
 
26 އޮގަސްޓް 2015
ހޯދާ