ދިވެހިރާއްޖެ
ސީޑީސީ އިންފްލުއެންޒާ ގްރާންޓުގެ ދަށުން މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ. މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.
މަޤާމު |
ޕްރޮޖެކްޓް އިންފްލުއެންޒާ އޮފިސަރ |
މީހުން ބޭނުންވާ އަދަދު |
01 (އެކެއް) |
ކޮންޓްރެކްޓްގެ މުއްދަތު |
01 އަހަރު ނޯޓް: މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓް 03 އަހަރު ދުވަހަށް އިތުރުކުރެވޭނެއެވެ. |
މުސާރަ |
މަހަކު -/10,000 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތު ޕްރޮޓެކްޝަން އެޖެންސީ |
ތަޢުލީމާއި ތަޖުރިބާ |
ނޯޓް: މައިކްރޮސޮފްޓް އޮފީސް އެކްސެސް ބޭނުންކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ސީ.ޑީ.ސީ ގްރާންޓުގެ ދަށުން އިންފުލުއެންޒާގެ ސާރވެލެންސް މަސައްކަތްކުރުމާއި އިންފުލުއެންޒާއާ ގުޅޭ ޑޭޓާ އެއްކޮށް، އެންޓްރީކޮށް، އެނަލެސިސް ހެދުމާއި އަދި މި ޕްރޮޖެކްޓްގެ ދަށުން ހިންގާ ޓްރެއިނިންގ އަދި ވާރކްޝޮޕްތައް ރާވައި ހިންގުން. |
މަސައްކަތް ކުރަންޖެހޭ ގަޑި |
ހެނދުނު 8:00 އިން ހަވީރު 3:00 އަށް |
ޢިނާޔަތް |
އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ކުރީކޮޅުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި) ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014325 އެވެ. |