ދިވެހިރާއްޖެ
އިޢުލާނު
ކޮޅުމަޑުލު ތިމަރަފުށީ އިރު އުތުރުން، ދަނޑުވެރިކަން ކުރުމަށް އެލްޔޫޕީގެ 69.4 ބްލޮކުގައި ކަނޑައެޅިފައިވާ ސަރަހައްދުން AG.2ކުން AG.28 އަށް ނަންޖަހާފައިވާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
# |
ކުއްޔަށް ދޫކުރާތަނުގެ ނަން/ނަންބަރު |
ކުއްޔަށް ދޫކުރާ މުއްދަތު |
ކުއްޔައް ދޫކުރާ ބިމުގެ އަދަދު |
ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް) |
ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން (އަކަފޫޓުން) |
1 |
- އެލްޔޫޕީ ބްލޮކް ނަންބަރު: 69.4 - ބިމުގެ ނަންބަރު: AG.2 ފެށިގެން AG.28އަށް |
10 އަހަރު
|
27 |
0.15 ލާރި |
5000.00 (ފަސްހާސް) |
ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
ރަޖިސްޓްރީކުރުން: |
ރަޖިސްޓްރީކުރުން އޮންނާނީ 18 މޭ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 25 މޭ 2025 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް (ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 14:00 ކަށް). ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
ރަޖިސްޓްރޭޝަން ފީ: |
ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/100ރ (ސަތޭކަ ރުފިޔާ) އަށެވެ. އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. - އެކައުންޓް ނަންބަރު: 7725700323001 - އެކައުންޓް ނަން: 1441 REVENUE 1 - އީމެއިލް: [email protected] - ފޯން : 6780675 |
ޕްރީބިޑް މީޓިން: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 25 މޭ 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ލިޔުމުން މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected] |
ބިޑް ހުށަހެޅުން: |
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 29 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 10:59 ގެ ކުރިން |
ބިޑް ކެނޑުން: |
ބިޑްކެނޑުމުގެ ސުންގަޑިއަކީ 29 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި
|
އެހެނިހެން ކަންކަން؛ |
|
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.