ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލުން

ގޯތި ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލުން

             ކޮލަމާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު (IUL)406-esms-a/INDIV/2024/35 އިޢުލާނާއި ގުޅިގެން ގޯތިތައް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ގޯތި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމަމެވެ.

            ވީމާ، އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކުން 28 މެއި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިއުމުން އެކަން ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ގޯތިބަދަލުކުރުމަށް ހުށަނާޅާ  ފަރާތްތަކަށް ފަހުން ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޛުލްޤައިދާ 1446ހ.

                          

18 މޭ 2025
ހޯދާ