މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި އިދާރާއިން ށ. ގޮއިދޫގައި ޤާއިމް ކުރެވިފައިވާ އޮޓޯޕޮޓް ގްރީންހައުސްއަށް ބޭނުންވާ ވާރޭފެން ރައްކާކުރުމުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި މިއިދާރާގެ ނަންބަރު: (IUL)227-AD-PM/227/2025/11 (28 އޭޕްރީލް 2025) އިޢުލާން (މި އިދާރާއިން ށ. ގޮއިދޫގައި ޤާއިމް ކުރެވިފައިވާ އޮޓޯޕޮޓް ގްރީންހައުސްއަށް ބޭނުންވާ ވާރޭފެން ރައްކާކުރުމުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން) އާއި ގުޅިގެން ދެވިފައިވާ މައުލޫމާތު ކަރުދާހަށް އިސްލާހު ގެނެވިފައިވާތީ، އެ އިޢުލާން ބާތިލްކޮށް މި މަސައްކަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv) 2025 މެއި 18ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މިބީލަމާ ބެހޭގޮތުން ބާއްވާ މައުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މެއި 20 ވާ އަންގާރަ ދުވަހު މެންދުރުފަހު 01:00ގައި ށ.އަތޮޅު ކައުންސިލްގެ އިދާރާ އަދި ށ.ގޮއިދޫ ކައުންސިލްގެ އިދާރާގައެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2025 މެއި 21ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2025 މެއި 21 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 މެއި 22ވާ ބުރާސްފަތި ދުވަހުގެ 10:30ގައި ށ.އަތޮޅު ކައުންސިލްގެ އިދާރާ އަދި ށ.ގޮއިދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540451
އީމެއިލް: [email protected]
18 މޭ 2025
ހޯދާ