ދިވެހިރާއްޖެ
މޫދު ޕާރކް ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން
މި ކައުންސިލްގެ މޫދު ޕާރކް މަޝްރޫއަށް ބޭނުންވާ ސާމާނު ގަނެ މިރަށާހަމައަށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާއިބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު ގެޒެޓްގައި އާންމުކުރެވިފައި ވާނެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 މެއި 18 ވަނަ ދުވަހުން ފެށިގެން 2025 މެއި 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަން ރަޖިސްޓަރީ ކުރާ ފޯމު މި އިދާރާއަށް ހުށަހަޅައި ބީލަން ރަޖިސްޓަރީކުރެއްވުން އެދެމެވެ. މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެންވެސް ބީލަން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަސްމީގަޑީގައި މި އިދާރާއިން ފޯމު ލިބިވަޑައިގަންނަވާނެއެވެ. ބީލަންފޮތް ވިއްކާ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ބީލަން ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ ތިރީގައިވާ ތަވާލްގައިވާ ގޮތުގެމަތިން އެ ދުވަސްތަކާއި ގަޑިތަކުގައެވެ.
ބީލަން ވިއްކުން |
2025 މެއި 26 ވާ ހޯމަދުވަހުގެ 14:00 ގެ ނިޔަލަށް |
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން |
2025 މެއި 29 ވާ ބުރާސްފަތި ދުވަހު 10:30 ގައި ހިރިލަންދޫ ކައުންސިލް އިދާރާގައި |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
19 ޛުލްޤައިދާ 1446
17 މެއި 2025